Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

މުޅި ރާއްޖެ އަށް ވައިޓް އެލާޓް ނެރެފި

ފޮޓޯ: އައްޑޫލައިވް

ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވެ މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައިވަނީ 11:00 އިން ފެށިގެން ހަވީރު 17:00 އާ ހަމައަށެވެ.

އެލާޓް ނެރެފައިވާ ވަގުތުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.

މިއަދު ހެނދުނުވެސް މެޓް އޮފީހުން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފައެވެ.