'ޔޫރޯ ފްރުޓްސް' ބްރޭންޑްގެ "ތޮމްސަން ސީޑްލެސް ގްރޭޕްސް"ގެ ވައްތަރެއް ބޭނުންނުކުރަން އަންގައިފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ހުންނަންވީ މިންވަރަށް ވުރެއް އިތުރަށް "ޕެސްޓިސައިޑް" ހުރި އިންޑިއާގެ 'ޔޫރޯ ފްރުޓްސް' ބްރޭންޑްގެ "ތޮމްސަން ސީޑްލެސް ގްރޭޕްސް" ރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑްއިން އަންގާފައިވާ ކަމަށެވެ.
މި އުފެއްދުން އެކްސްޕޯޓް ކޮށްފައިވަނީ އިންޑިއާގެ 'ޔޫރޯ ފްރުޓްސް ޕްރައިވެޓް ލިމިޓެޑް'އިން ކަމަށާއި މި އުފެއްދުން ހޯލްސޭލްކޮށްފައިވަނީ ނެދަރލެންޑްސްގެ ކުންފުންޏެއް ކަމުގައިވާ 'ގްލޯބަލް ގްރީން ޓީމް'އިން ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފައިވެއެވެ.
ބޭނުންނުކުރަން އަންގާފައިވާ ލޮޓް ނަމްބަރު: L-21.099 0001 05, GGN: 4049929236608, 4056186631107
ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 'ޔޫރޯ ފްރުޓްސް' ބްރޭންޑްގެ "ތޮމްސަން ސީޑްލެސް ގްރޭޕްސް"ގެ މި ލޮޓް ނަންބަރު ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އަންގާކަމަށެވެ.