Last Updated: August 19, 06:40
Tuesday, August 19, 2025

ފޭދޫ މީހަކު ފުލުހުން ހޯދަނީ

ކުށް ކުރާ ފަރާތްތައް ކޯޓަށް ހާޒިރު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުމަށް ބޭނުންވެ ހާޒިރު ކުރެވިފައި ނުވާ ފޭދޫ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް އަމުރު ކުރުމާ ގުޅިގެން މި މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

މި އަމުރުގެ ދަށުން ފުލުހުން ހޯދަމުން ދަނީ ފޭދޫ، ފެހިވިދުވަރުގެ މޫސާ މުޙައްމަދު، 45، އެވެ.

މޫސާ މުޙައްމަދަކީ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން ކްރިމިނަލް ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ކޯޓަށް ހާޒިރު ނުކުރެވިފައިވާ މީހެކެވެ.

އެހެންވެ އޭނާ އާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ އެ މަޢުލޫމާތު ފުލުހުންނާ ހިއްސާ ކުރަން ފުލުހުން ވަނީ އެދިފަ އެވެ.