ޕީޕީއެމުން ވަކިވެވަޑައިގެން މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަކީ އެމްޑީޕީގެ އައްޑޫގެ ހަރަކާތްތަކަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް މޭޔަަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
މޯޑަށް މަރުހަބާ ވިދާޅުވެ، އޭނާ ވިދާޅުވީ މޯޑަކީ އެމްޑީޕީއަށާއި އިސްލާހީ ހަރަކާތްތަކުގެ މުހިއްމު ބައިވެރިއެއް ކަމަށެވެ. ކުރިން އެމްޑީޕީގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރައްވައި 17 ވަނަ މަޖިލީހުގައި ހިތަދޫ ދެކުނު ދާއިރާ ތަމްސީލުކުރެއްވި މޯޑް އެމްޑީޕީން ވަކިވެވަޑައިގެން ޕީޕީއެމާ ގުޅިވަޑައިގަތީ ޑިސެމްބަރު 30، 2013 ގަ އެވެ.
Maruhabaa @addumpmode
Mode akee MDP ashaai Democratic harakaathuge muhimmu baiveri eh. Mee @MDPSecretariat ge Addu harakaai thakah libigen dhiya ithuru kuri erumei. https://t.co/xfRGpCGgYl— Ali Nizar (@DhekunuNizar) July 17, 2022
އޭގެ ފަހުން އޭނާ ފާހަގަކުރެވުނީ އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދެވި ބޭފުޅެއްގެ ގޮތުގަ އެވެ.
މޯޑް މަޖިލީހުގެ ދެވަނަ ދައުރަކަށް ވެސް ކުރިމަތިލެއްވި އެވެ. އެކަމަކު ކުރިމަތިލައްވަން ޖެހިވަޑައިގަތީ ނާކާމިޔާބީއާ އެވެ. ޔާމީންގެ ވެރިކަމުގައި ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) ގެ އެސިސްޓަންޓް މެނޭޖަރުގެ މަގާމު މޯޑް ފުރުއްވި އެވެ.