Last Updated: April 24, 23:11
Thursday, April 25, 2024
ޚަބަރު

ވާދެމުމުގައި ޓޫރިސްޓުން ވެސް ބައިވެރިވި

ވާދެމުމުގެ މުބާރާތުގައި ފަތުރުވެރިން ބައިވެރިވެފައި: ފޮޓޯ - އޭއޯ ނިއުސް

އައްޑޫ މީދޫގައި ބޭއްވި އައްޑޫ އީދު ފެސްޓިވަލްގައި މީދޫ އެކުވެރިންގެ ޗޭނުން ކުރިއަށްގެން ދިޔަ ވާދެމުމުގެ މުބާރާތުގައި ޓޫރިސްޓުންގެ ޓީމެއް ވަނީ ބައިވެރިވެފައެވެ.

"ރެސްޓް އޮފް ދަ ވޯލްޑް"ގެ ނަމުގައި ސައުތު ޕާމް ރިސޯޓުގެ ފަތުރުވެރިން މި މުބާރާތުގައި ބައިވެރިވެ، ވާދަކޮށްފައިވަނީ އައްޑޫގެ ޓީމަކާ އެވެ.

ރެސްޓް އޮފް ދަ ވޯލްޑް ޓީމުން ވާދެމުމުން މޮޅުވެފައިވާއިރު، އެ ޓީމުގައި ބައިވެރިވި ހުރިހާ ޓޫރިސްޓުންނަށް ވެސް ވަނީ މެޑަލް ހަވާލުކޮށްފައެވެ.

މީދޫ އެކުވެރިންގެ ޗޭނުން ކުރިއަށްގެންދިޔަ މި އިވެންޓަކީ އައްޑޫ އީދު ފެސްޓިވަލުގެ ކާމިޔާބު އެއް އިވެންޓްގެ ގޮތުގައި ވަނީ ފާހަގަވެފައެވެ. އަދި ޔޫރަޕުގެ ޓޫރިސްޓުންނަށް އައްޑޫ މީދޫ ވަނީ ޕްރޮމޯޓްވެފަ އެވެ.

އައްޑޫ އީދު ފެސްޓިވަލަކީ މީދޫ ޑައިނަމިކް ކޮމިއުނިޓީއާއި މީދޫގެ ޖަމްޢިއްޔާ ޖަމާޢަތްތައް ގުޅިގެން މީދޫގައި ކުރިއަށް ގެންދިޔަ އީދު ފެސްޓިވަލެކެވެ. މި ފެސްޓިވަލަކީ އައްޑޫގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު އެއް އީދު ފެސްޓިވަލްކަން ފާހަގަކޮށްލެވެ އެވެ