Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

200 ލެންޓާން އެރުވި، އިވެންޓް ކާމިޔާބު

އައްޑޫ ސިޓީ މީދޫގައި ކުރިއަށްގެންދިޔަ އައްޑޫ އީދު ފެސްޓިވަލްގައި ދެ ދުވަހެއްގެ މަތިން 200 ލެންޓަރންސް އަރުވައިފި އެވެ.

ޖުލައި 10 އަދި 11 ވަނަ ދުވަހު ލެންޓަރންސް އަރުވާފައިވާއިރު، ލެންޓަރންސް އެރުވީ އިވެންޓް އިންތިޒާމުކުރި މީދޫ ޑައިނަމިކް ކޮމިއުނިޓީގެ ޓީމުގެ އިރުޝާދުގެ މަތިން އާންމުންނެވެ.

ފުރަތަމަ ރޭ ޖުމުލަ 100 ލެންޓަރން އަރުވާފައިވާއިރު، ދެވަނަ ރޭވެސް 100 ލެންޓަރން ވަނީ އަރުވާފައެވެ.

އައްޑޫ އީދު ފެސްޓިވަލްގެ އެންމެ ކާމިޔާބު އެއް އިވެންޓުގެ ގޮތުގައި ފާހަގަކުރެވުނު ލެންޓަރން އިވެންޓަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިގެންގޮސްފައެވެ.

އައްޑޫ އީދު ފެސްޓިވަލަކީ މީދޫ ޑައިނަމިކް ކޮމިއުނިޓީއާއި މީދޫގެ ޖަމްޢިއްޔާ ޖަމާޢަތްތައް ގުޅިގެން ސ.މީދޫގައި ކުރިއަށްގެންދިޔަ އީދު ފެސްޓިވަލެކެވެ. މި ފެސްޓިވަލަކީ އައްޑޫގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު އެއް އީދު ފެސްޓިވަލްކަން ފާހަގަކޮށްލެވެއެވެ.