ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މުޅި ރާއްޖެ އަށް މިއަދު ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން އެ އެލާޓް ނެރުނު ހެނދުނު 8:45 އިން ފެށިގެން މެންދުރު ފަހު 2:45 އާ ހަމައަށެވެ. މި ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާ އެކީ ގުގުރައި ގަޑިއަކު 19-24 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ އެވެ. މޫސުމާ ބެހޭ އިދާރާ އިން ބުނި ގޮތުގައި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުމާ އެކު ކަނޑުތައް ވެސް ގަވާނެ އެވެ.
ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި ވާރޭ ރެކޯޑުކުރެވިފައިވާ ރަށްތަކަށް ބަލާ އިރު، އެންމެ ބޯކޮށް ވާރޭ ވެހިފައި ވަނީ މެދުރާއްޖެ ސަރަހައްދަށެވެ. އެގޮތުން އއ. ތޮއްޑޫގެ އޮޓަމެޓިކް ވެދަ ސްޓޭޝަންއިން 147 މިލީމީޓަރުގެ ރިކޯޑުކުރެވިފައިވާ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާ އިން ބުންޏެވެ.
ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ވާރޭ ރެކޯޑުކުރެވިފައިވާ ރާށްތަކަށް ބަލާއިރު، އެންމެ ބޯކޮށް ވެހިފައިވަނީ މެދުރާއްޖެ ސަރަހައްދަށެވެ. އެގޮތުން އއ. ތޮއްޑޫގެ އޮޓަމެޓިކް ވެދަރ ސްޓޭޝަންއިން 147މމ ރިކޯޑުކުރެވިފައިވެއެވެ. pic.twitter.com/rAkXHCokcn
— Maldives Meteorology (@MetMaldives) July 18, 2022
މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހެމުން އަންނަ އިރު، ބައެއް ދުވަސް ދުވަހު އުދައަރާނެ ކަމަށް ވެސް ލަފާކޮށް އިންޒާރު ދީފައިވެ. އަދި މީގެ ދެ ހަފުތާއެއް ދުވަސް ކުރިން ރާއްޖޭގެ ދެކުނުގެ ބައެއް ރަށްތަކަށް ވަރަށް ބޮޑަށް އުދަ އަރާފައިވެ އެވެ. އަދި މިދިޔަ ހުކުރު ދުވަހު މާލެ އަށް ވެސް އުދައަރާފައިވެ އެވެ.
މޫސުން ގޯސްވެފައިވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރުތަކަށް ސަމާލުވުމަށް ވެސް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފައިވެ އެވެ.