ރާއްޖޭގެ އިދިކޮޅު ޕާޓީ، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން އެބަދަ އެވެ.
މި ވާހަކަ އެ ޕާޓީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު (ޝުޖާ) އަދުރޭއާ އެކު ނަގާފައިވާ ފޮޓޯއަކާ އެކީ ޓްވީޓް ވެސް ކުރައްވާފައިވެ އެވެ. އޭގައި ވިދާޅުވެފައި އޮތީ ޕީއެންސީގެ ރައީސް ބަލިވުމަކީ ލިބޭ ހިތާމައެއް ކަމަށާއި އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ޕީ.އެން.ސީގެ ރައީސް @Banafsaa ބަލިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ހިތާމައެއް.މާތްاللهޕީ.އެން.ސީގެ ރައީސް އަބުދުއްރަހީމް އަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި.އާމީން pic.twitter.com/ogFbj8wQZA
— Ibrahim Shujau (@IbrahimShujaau) July 17, 2022
އަދުރޭ އަށް ފަރުވާ ދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލްގަ އެވެ.
ނަމަވެސް އެޑްމިޓްކުރީ ސިއްހީ ކޮން ކަހަލަ މައްސަލައަކާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ. ޝުޖާއުގެ ޓްވީޓްގައި ވެސް އެފަދަ ވާހަކައެއް ހިއްސާކޮށްފައި ނުވާ އިރު، އަދުރޭގެ ފަރާތުން ވެސް އެކަމާ ބެހޭ ގޮތުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދުރޭ އަކީ ރާއްޖޭގެ ސިޔާސީ މައިދާނުން ފެންނަ އެންމެ އަޑުގަދަ ބޭފުޅުންގެ ތެރެއިން އެކެކެވެ. އަދި އޭނަ އަކީ މިހާރުގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ އެކެކެވެ.