Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ދިއްފުށީ މައްސަލާގައި ފުލުހަކު އަމަލުކުރި ގޮތް ބަލަނީ

ކ.ދިއްފުށި

ކ. ދިއްފުށީގައި މީހަކަށް ހަމަލާދީ ހިންގާދިޔަ ކަންތައްތަކުގައި ފުލުހަކު އަމަލުކުރިގޮތް ބަލަންފަށައިފިއެވެ.

ދިއްފުށީގައި މީހެއްގެ މައްޗަށް ކުރެވުނު ތުހުމަތާ އެކު އޭނާއަށް ހަމަލާދީ މާރާމާރި ހިންގިއިރު އެކަމުގައި ފުލުހަކު ބައިވެރިވިކަމަށްވެސް ތުހުމަތު ކުރެވިފައިވެއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ، އަނިޔާ ލިބެމުންދިޔަ މީހާއަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވި ފުލުހުންގެ ތެރެއިން ފުލުހަކު، ފުލުހުންގެ ދައުރު އަދާކުރުމުގައި އިހުމާލުވެ އަހުލާގީ މިންގަނޑުން ބޭރުން އަމަލުތައް ބަހައްޓާފައިވާކަމަށް އަނިޔާ ލިބުނު މީހާ ތުހުމަތު ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެކަމާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބަލަމުން އަންނަ ކަމަށެވެ.

މިމައްސަލައިގައި ފުލުހަކަށް ހަމަލާދީފައިވާތީ އެމައްސަލައިގައިވެސް މީހަކު ހައްޔަރު ކޮށްފައިވެއެވެ.

ދިއްފުށީގައި މީހަކަށް ހަމަލާދީފައިވަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކޮށެވެ. ފުލުހުން ބުނެފައިވަނީ އެ މައްސަލައިގައި ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ.