Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ފުލުހުންނަށް ތެޔޮ ދޭނެ ފަރާތެއް ހޯދަނީ

އައްޑޫގައި ބޭނުން ކުރާ ފުލުހުންގެ އެއްގަމާއި ކަނޑު އުޅަނދު ފަހަރަށް ބޭނުންވާ ތެޔޮ، ކޮންޓްރެކްޓް އުސޫލުން ފޯރުކޮށް ދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ހިތަދު އާއި ގަން ޕޮލިސް ސްޓޭޝަންގެ އެއްގަމާއި ކަނޑު އުޅަނދުފަހަރު ބޭނުންވާ ޕެޓްރޯލާއި ޑީސަލް ކޮންޓްރެކްޓް އުސޫލުން ފޯރުކޮށް ދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 25 ވަނަ ދުވަހު ގަން ޕޮލިސް ސްޓޭޝަނުން މައުލޫމާތު ސާފު ކުރުމަށް ފަހު، 30 ވަނަ ދުވަހު ޕްރޮޕޯސަލް ހުށަހަޅަން ޖެހެ އެވެ.

ފުލުހުން ބުނީ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އޮންނާނީ ހަމައެކަނި މައުލޫމާތު ސާފު ކުރާ ފަރާތްތަކަށް އެކަންޏެވެ.