Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ހިނދުކޮޅަކަށް ވެސް މިނިވަންކަން ނަގާލުމަކީ އަނިޔާ

ދީނީ އިލްމުވެރިންތަކެއް ބޭއިންސާފުން ޖަލުގައި ބަންދުކޮށްގެން އުޅޭ އިރު ހިނދުކޮޅަކަށް ވެސް މީހެއްގެ މިނިވަންކަން ނަގާލުމަކީ އަނިޔާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

އޭނާ މިގޮތަށް ވިދާޅުވީ އެއްވެސް ދީނީ އިލްމުވެރިއަކަށް އަނިޔާ ނުދެއްވާ ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ކުރެއްވި ޓްވީޓެއްގެ ރައްދުގަ އެވެ. ޖަމީލު މިއަދު ކުރެއްވި ޓްވީޓްތަކެއްގައި ވަނީ މިދިޔަ މަހުގެ 21 ގައި ޔޯގާ ދުވަސް ފާހަގަކުރަން މާލޭގައި ބޭއްވި އިވެންޓާ ދިމާކޮށް ހިނގި ހަމަނުޖެހުންތަކަކާ ގުޅިގެން ދީނީ ދެ އިލްމުވެރިޔަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ވެސް ޖަހަމުންދާތީ އެވެ.

އެ ދެ ޝައިހުންނަކީ ފަޒްލޫން މުހައްމަދާއި ޝައިހް އާދަމް ނިޝާނެވެ.

"ޖަލުގައި ޢިލްމުވެރިންނާ ސިޔާސީ މީހުން ތިބިއިރު ލިވާތުގެ މީހުން ތިބީ ކޮން ތާކުތޯ؟ ބިރަކާ ނުލައި މަޖާ ކުރުން ބޮޑު ކުށަކަށް ނުވޭ،" ޖަމީލު ވިދާޅުވި އެވެ. "އެކަމަކު ޢިލްމުވެރިން ޙައްގު ބަސް ބުނެގެން ޓެރަރިސްޓުންނަށް. ކޮބައިތޯ އަނިޔާ ނުދެވި؟"

އޭނާ ވިދާޅުވީ ހިނދުކޮޅަކަށް ވެސް މިނިވަންކަން މީހެއްގެ ނަގާލުމަކީ ބަދަލުނުދެވޭ ވަރުގެ އަނިޔާއެއް ކަމަށެވެ. އަދި ގާނޫނުއަސާސީގެ 21 ވަނަ މާއްދާ ކަށަވަރުކުރަނީ މިނިވަންކަމުގެ މައި ތަނބު ކަމަށެވެ.

"ޢިލްމުވެރިންނަށް ވަނީ ވަކި ޖަމާޢަތަކަށް ނިސްބަތްވުމުން ކަމަށް ދެކުމަކީ ބޮޑާކަމާއި ޖަހާލަތުގެ ސިފައެއް." އިމްރާން ރައީސްކަން ކުރައްވާ އަދާޕަތު ޕާޓީ އަށް އިޝާރާތްކުރައްވައި ޖަމީލު ވިދާޅުވި އެވެ.