ފާއިތުވި ހަފްތާގައި 400 އަށްވުރެއް ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭ އިން ބުނެފައިވަނީ ޖުލައި 10 ވަނަ ދުވަހުން ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއިން ޖުމުލަ 417 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މީގެތެރެއިން މާލެ ސަރަހައްދުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 109 މީހުންނެވެ. އަދި މީހުން ދިރިއުޅޭ އެހެން ރަށްރަށުން 210 މީހުން ޕޮޒިޓިވް ވެފައިވެއެވެ.
✳️ COVID-19 : Case Updates pic.twitter.com/kAIcsiBSpv
— Health Protection Agency (@HPA_MV) July 18, 2022
މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 183،908 އަށް އަރާފައެވެ. މި ބަލީގައި ރާއްޖެއިން ޖުމުލަ 307 މީހުން މަރުވެފައިވެއެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ޖޫންމަހުގެ ތެރޭގައި އިތުރުވުމަށްފަހު އަނެއްކާވެސް ވަނީ އެއަދަދު ދަށްވާން ފަށާފައެވެ.