Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ސިއްހީ ދާއިރާގެ ކޮންފަރެންސެއް ފަށައިފި

"އިންޓަނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޮ ހެލްތްކެއާ ޕްރޮފެޝަނަލްސް" ފަސްޓްލޭޑީ ފަޒުނާ އަހުމަދު މިއަދު އިފުތިތާހުކޮށް ދެއްވައިފި އެވެ.

ބަނޑޮސް ރިސޯޓްގައި ކުރިއަށްދާ މި ކޮންފަރެންސަކީ މޯލްޑިވިއަން ނާސަސް އެސޯސިއޭޝަނާއި، އެވިޑެންސް ބޭސްޑް ޕްރެކްޓިސް ހެލްތް ޗެމްޕިއަންސް މޯލްޑިވްސް އިން ގުޅިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކޮންފަރެންސެކެވެ.

ކޮންފަރެންސްގެ ތީމަކީ "މޫވިން ފްރޮމް ސައިލޯސް ޓު ސައިނަޖީ" އެވެ.

މި ކޮންފަރެންސްގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ބޭފުޅުން ބައިވެރިވެވަޑައިގެން އެ ދާއިރާގައި ބޭނުންކުރާ ބެސްޓް ޕްރެކްޓިސްއާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރާނެ އެވެ.