Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

އެމްޑީޕީ ޗެއާޕާސަން ނައިބަކަށް ކުރިމަތިލާން ހުޅުވާލައިފި

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ނައިބު އިދާރީ އަދި މާލީގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޑީޕީން ބުނެފައިވަނީ މިހާރު ހިނގަމުންދާ ދައުރުގެ އެމްޑީޕީގެ ޗެއާރޕާސަންގެ ނައިބު އިދާރީ އަދި މާލީގެ މަޤާމުގެ މުއްދަތު 25 އޮކްޓޯބަރ 2022 ވާ އަންގާރަ ދުވަހަށް ހަމަވާނެ ކަމަށެވެ. އެހެންކަމުން މިމަޤާމުތަކަށް ކުރިމަތިލައްވަން ބޭނުންފުޅުވާ އެމްޑީޕީގެ މެމްބަރުންނަށް ކުރިމަތުލެއްވުމުގެ ފުރުސަތު ހުލުވާލާފައިވެއެވެ.

އެމްޑީޕީން ބުނެފައިވަނީ އެޕާޓީގެ ޗެއާޕާސަން ނައިބު އިދާރީ އަދި މާލީގެ އިންތިޚާބު އޮންނާނީ 19 އޯގަސްޓް 2022 ވާ ހުކުރު ދުވަހު ބާއްވާ އެމްޑީޕީގެ ކޮންގްރެސްގައި ކަމަށވެެ. މިއިންތިޚާބުގައި ވޯޓުލެވޭނީ ކޮންގްރެސްގައި ބައިވެރިވެ ވަޑައިގަންނަވާ ކޮންގްރެސްގެ ބައިވެރިންނަށް ކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ.

މިމަގާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތަކާއެކު އޮންލައިން އެޕްލިކޭޝަން ފުރިހަމަ ކުރެއްވުމަށްފަހު 25 ޖުލައި 2022 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހުށަހެޅުމަށް އެމްޑީޕީން އެދިފައިވެއެވެ.