Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ފަޒްލޫނާއި ނިޝާންގެ ބަންދު އިސްތިއުނާފުކޮށްފި

ގަލޮޅު ދަނޑުގައި ޔޯގާގެ ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޝެއިހް އާދަމް ނިޝާން އާއި ޝައިހް ފަޒްލޫން މުހައްމަދުގެ ބަންދު މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.

މިމައްސަލައިގައި ޝެއިހް ފަޒްލޫން އަދި ޝެއިހް ނިޝާންގެ ބަންދު މުއްދަތު އެކި ފަހަރު މަތިން އިތުރު ކޮށްފައިވާއިރު އެންމެފަހުން ޝެއިހް ފަޒްލޫންގެ ބަންދަށް 16 ދުވަސް އަދި ޝެއިހް ނިޝާންގެ ބަންދަށް 13 ދުވަސް ވަނީ ދީފައިވެއެވެ.

ޝެއިހް އާދަމް ނިޝާން އާއި ޝައިހް ފަޒްލޫން މުހައްމަދުގެ ބަންދުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އެ މައްސަލަ ބަލައިގަތުމާމެދު ހައިކޯޓުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.

ޔޯގާ ދުވަސް ފާހަގަރަން މާލޭގައި ބޭއްވި ހަރަކާތުގެ ތެރެއަށް ބަޔަކުވަދެ ހަމަނުޖެހުން ހިންގާ އެތަނުގައި ހުރި ތަކެއްޗަށް ގެއްލުންދީ މީހުންނަށް ހަމަލާދީފައިވާއިރު، މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގުކުރަމުން އަންނަ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.