Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ސިވިލް ކޯޓުގެ ގާޟީ ޒުބައިރު އިސްތިއުފާ ދެއްވައިފި

ޤާޟީ ޒުބައިރު މުހައްމަދު--

ސިވިލްކޯޓުގެ ޤާޟީ އަލްއުސްތާޛު ޒުބައިރު މުހައްމަދު ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީން ބުނެފައިވަނީ ދިވެހިރާއްޖޭގެ ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޒުބައިރު މުހައްމަދު 2022 ޖުލައި 17 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަޤާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އެހެންކަމުން ފަނޑިޔާރުންގެ ޤާނޫނުގެ ދަށުން ގާޟީ ޒުބައިރު ފަނޑިޔާރުކަމުގެ މަޤާމުން ވަކިވީއެވެ.

އަލްއުސްތާޛު ޒުބައިރު މުހައްމަދަކީ 14 އަހަރަށް ވުރެ ދިގު މުއްދަތަކަށް ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

އެގޮތުން މެޖިސްޓްރޭޓެއްގެ ހައިސިއްޔަތުން ފ.ދަރަބޫދޫ މެޖިސްޓްރޭޓް ކޯޓުގައި އަދި ދާއިރާ އިސްމެޖިސްޓްރޭޓްގެ ހައިސިއްޔަތުން ހދ. އަދި ދ. ޖުޑީޝަލް ދާއިރާގައި މަސައްކަތް ކުރައްވާފައިވެއެވެ. މީގެ އިތުރުން ކްރިމިނަލް ކޯޓުގައާއި ޑްރަގް ކޯޓުގައިވެސް މަސައްކަތް ކުރައްވާފައިވެއެވެ.