ކ. އަތޮޅުން ފެށިގެން އަައްޑުއާ ހަމައަށް މިއަދު ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާ އިން އެ ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފި އެވެ.
އެ އެލާޓް ނެރެފައި ވަނީ ފަތިހު 5:30 އިން ފެށިގެން ހެނދުނު 11:30 އާ ހަމައަށެވެ. މޫސުމާ ބެހޭ އިދާރާ އިން ބުނި ގޮތުގައި އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހި، ގުގުރައި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ އެވެ.
މޫސުން ގޯސްވެފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރުތަކަށް ސަމާލުވުމަށް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސް ވެސް ކޮށްފައިވެ އެވެ.