Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

ބޯކޮށް ވާރޭ ވެހޭނެތީ ބޮޑުބަޔަކަށް ވައިޓް އެލާޓް

ފޮޓޯ: އައްޑޫލައިވް

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ އއ. އަތޮޅުން ފެށިގެން އައްޑޫސިޓީއާ ދެމެދުގައިވާ ރަށްތަކަށެވެ.

މި ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވަނީ 11:30 އިން ފެށިގެން ހަވީރު 04:30 އާ ހަމައަށެވެ.

މިވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން މައުލޫމާތުދެއެވެ.

ރާއްޖެ ސަރަހައްދަށް މޫސުން ގޯސްވެފައިވާއިރު، އެކި ހިސާބުތަކަށް އެލާޓްތައް އަންނަނީ ނެރެމުންނެވެ.