Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

ޙައްޖުވެރިން މާދަމާ ރާއްޖެ އަންނަން ފަށަނީ

މިއަހަރު ޙައްޖަށް ދިޔަ ދިވެހި ޙައްޖުވެރިން މާދަމާ ރާއްޖެ އަންނަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ހައްޖުވެރިން ރާއްޖެ އަންނަން ފަށާނީ ރާއްޖެގަޑިން ހެނދުނު 10:10ގައި ކަމަށެވެ.

ރާއްޖެއިން މިއަހަރު ޖުމްލަ 453 ޙައްޖުވެރިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ އެވެ. މި ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ތިން ފްލައިޓެއްގަ އެވެ. އެއީ މާދަމާ އޮންނަ ފްލައިޓާއި، މި އަންނަ ހޮނިހިރު ދުވަސް އަދި ހަފްތާގެ ބުދަ ދުވަހު އޮންނަ ފްލައިޓްގަ އެވެ.

މާދަމާގެ ފްލައިޓުން 157 ޙައްޖުވެރިން އަންނަން ހަމަޖެހިފައިވާއިރު 23 ޖުލައިގެ ފްލައިޓުން އަންނާނީ 175 ޙައްޖުވެރިން އަދި 27 ޖުލައިގެ ފްލައިޓްއިން އަންނާނީ ޖުމްލަ 117 ޙައްޖުވެރިންނެވެ.

މި ހައްޖުވެރިންނަށް ޚާއްސަކޮށް ޚިދުމަތްދިނުމަށްޓަކައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ޙައްޖުވެރިންނަށް ޚާއްސަ ސަރަޙައްދެއް ހަމަޖައްސާފައިވާއިރު އެކަމަށްޓަކައި އެ ކުންފުނީގެ އިތުރު މުވައްޒަފުންވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވާނެ އެވެ.