ޖުމްހުރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހިމް މިއަދު ހެނދުނު އައްޑޫއަށް ވަޑައިގެންފިއެވެ.
ގާސިމް އައްޑޫއަށް ކުރައްވާ ދަތުރުފުޅަކީ އަންނަ ހޮނިހިރު ދުވަހު ބާއްވާ މަޖިލިސް އިންތުހާބްގައި ޖުމްހުރީ ޕާޓީން ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓުންނަށް ތާއިދު ހޯއްދެވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.
ގާސިމް އައްޑޫައަށް ވަޑައިގެން ފުރަތަމަ ޒިޔާރަތްކޮށްފައިވަނީ މީދޫއަށެވެ. މީދޫއަށް ޖޭޕީގެ ފަރާތުން ކުރިމަތިލައްވާފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން މީދޫގެ ބޮޑުކަތީބުކަން ކުރެއްވި އަދި މިހާރުވެސް ރަށައް ހިދްމަތް ކުރަމުން އަންނަ އަބްދުﷲ ހާނީއެވެ.
ގާސިމް މީދޫއަށް ވަޑައިގެންފައިވަނީ މަރަދޫ ދާއިރާއަށް ޖޭޕީގެ ފަރާތުން ނިކުންނަ ހަސަން އާދިލް އާއި ހިތަދޫ ދެކުނު ދާއިރާއިން ނިކުންނަވާ ހަސަން ލަޠީފް އާއި އެކުގައެވެ.
ގާސިމް މީދޫއަށް ވަޑައިގަތުމުން ޖޭޕީ އާއި ހާނީއަށް ތާއިދުކުރާ ފަރާތްތަކުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.