ޖަރުމަނަށް ރާއްޖޭން ކަނޑައަޅާ ސަފީރުގެ މަގާމަށް އައިޝަތު ޝާން ޝާކިރާއި ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަށް އަހުމަދު ޝިއާން މިއަދު އައްޔަންކޮޑް އެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ރައީސް އިބްރާހީމް މިހައްމަދު ސޯލިހު ދެއްވައިފި އެވެ.
މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގަ އެވެ.
ރާއްޖޭން ޖަރުމަނަށް ކަނޑައެޅި ސަފީރު ޝާން ކުރިން ހުންނެވީ، ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގަ އެވެ. އަދި ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަށް މިއަދު އައްޔަންކުރެއްވި، ޝިއާން ކުރިން ހުންނެވީ، އެ މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓެރީގެ މަގާމުގަ އެވެ.