Last Updated: July 23, 18:20
Thursday, July 23, 2026
ދުނިޔެ

ހޯމް މިނިސްޓަރުގެ ފޮޓޯއަކާ ހެދި ހައްޔަރުކޮށްފި

ޑައިރެކްޓަރު އަވިނާޝް ދާސް.

އިންޑިއާގެ މިހާރުގެ ހޯމް މިނިސްޓަރަ އަމިތު ޝާހަށް ކޮރަޕްޝަންގެ ތުހުމަތުކޮށް އޭނަގެ އަގު ވައްޓާލަން މަސައްކަތްކޮށްފައިވާ ކަމަށް ބުނެ އެ ގައުމުގެ ފިލްމު ޑައިރެކްޓަރަކު ހައްޔަރުކޮށްފި އެވެ.

މީޑިއާތަކުން ބުނި ގޮތުގައި ހޯމަ ދުވަހު މުމްބާއީ އިން ހައްޔަރުކުރީ ނެޓްފްލިކްސްގެ ފިލްމު "ރާތު ބާކީ" އާއި އެ ޕްލެޓްފޯމްގެ ވެބް ސީރީޒް "ޝީ" ގެ ޑައިރެކްޓަރު އަވިނާޝް ދާސް، 46، އެވެ. އޭނާ ހައްޔަކުރީ މެއި މަހުގެ ތެރޭގައި މަނީ ލޯންޑްރިންގެ ތުހުމަތުގައި ހައްޔަކުރި ޖަރުކަންދު ސްޓޭޓްގެ މައިނިން ސެކްރެޓަރީ ޕޫޖާ ސިންގާލްއާ އެކު އަމިތު ޝާހް ނަގާފައިވާ ފޮޓޯއެއް އަވިނާޝް މެއި މަހު ޓްވީޓްކުރުމާ ގުޅިގެންނެވެ.

އެގޮތުން އެ ޓްވީޓްގެ މައްސަލާގައި އޭނާގެ މައްޗަަށް ކުރަނީ ވެރިކަންކުރާ ބީޖޭޕީގެ ލިޑަރެއްގެ ގޮތުގައި ވެސް މަޝްހޫރު އަމިތު ޝާހަކީ ކޮރަޕްޓް ބޭފުޅެއްކަން ދައްކުވައި އާންމުންގެ މެދުގައި އޭނަގެ އަބުރާއި އިއްޒަަށް ނަގާލަން މަސައްކަތްކުރިކަމުގެ ތުހުމަތެވެ. މީގެ އިތިރުން އަވިނާޝްއާ ގުޅޭ އެހެން މައްމަސަލައެއް ވެސް ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ. އެއީ އިންޑިއާގައެ ގައުމީ ދިދަ ހެދުމެއްގެ ގޮތުގައު ބޭނުންކުރި އަންހެނެއްގެ ފޮޓޯ އިންސްޓަގްރާންފައި ފޭސްބުކްފައި ޕޯސްޓްކުރި މައްސަލައެއްގަ އެވެ.

ޕޫޖާއާ އެކީ އަމިތު ޝާހް ފެންނަ ފޮޓޯ ބައެއް އެހެން މީހުން ވެސް މިހާރު ގެންދަނީ ޓްވީޓްކުރަމުންނެވެ.

އަވިނާޝް ހައްޔަރުކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިރި އެ މައްސަލައިގެ އަޑުއެހުމެއް އަންނަ ހުކުރު ދުވަހު ބާއްވަން ހަމަޖެހިފައިވެ އެވެ.

މިދިޔަ މަހު އިންޑިއާގެ ނޫސްވެރިއެއް ކަމަށްވާ މުހައްމަދު ޒުބައިރު ވެސް ޓްވީޓްތަކެއްގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވެ އެވެ. އެއީ 2018 ގައި އޭނަ ސަރުކާރަށް އަމާޒުކޮށް ކުރި ޓްވީޓްތަކަކާ ގުޅިގެންނެވެ.