Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ހައްޖަށް ދިޔަ މީހުންގެ ފުރަތަމަ ގްރޫޕް އަތުވެއްޖެ

ރާއްޖޭން މި އަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން ފުރަތަމަ ގްރޫޕް މިއަދު އަތުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ސައޫދީ އަރަބިއްޔާ އިން މިއަދު އައި ގްރޫޕްގައި ހިމެނެނީ ޖުމްލަ 157 މީހުންނެވެ.

ހައްޖަށް ދިޔަ މީހުން އެނބުރި އަންނަން އޮތީ ހައްޖަށް ފުރައިގެން ވެސް ދިޔަ ގޮތަށް ތިން ގްރޫޕަކަށެވެ. އެގޮތުން ދެވަނަ ގްރޫޕް 175 މީހުންނާ އެކީ އަންނަ ހޮނިހިރު ދުވަހު އަންނަ ގޮތަށް ހަމަޖައްސާފައިވާ އިރު، ތިން ވަނަ ގްރޫޕް 117 މީހުންނާ އެކީ އަންނާނީ އަންނަ ހަފުތާގެ ބުދަ ދުވަހު އެވެ.

މި އަހަރު ރާއްޖޭން ހައްޖަށް ދިޔައީ 453 މީހުންނެވެ. އަދި އެ އެންމެން ވެސް ހައްޖަށް ދިޔައީ ހައްޖު ކޯޕަރޭޝަންގަ އެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒުނާ އަހުމަދު ވެސް އަދާކުރެއްވި އެވެ. އެ ބޭފުޅުން ހައްޖަށް ފަހު ރާއްޖެ ވަޑައިގެންނެވީ މި މަހުގެ 13 ގަ އެވެ.