މިއަހަރު އަމީރުލް ޙައްޖުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
މި ދަތުރުފުޅުގައި މިނިސްޓަރު ޒާހިރުގެ އަނބިކަނބަލުން ވެސް ބައިވެރިވަޑައިގެންނެވި އެވެ.
ރާއްޖޭގެ އަމީރުލް ޙައްޖު މިއަދު ރާއްޖެ ވަޑައިގެންފައިވާއިރު، ރާއްޖެއިން މިއަހަރު ޙައްޖަށް ދިޔަ ޙައްޖާޖީންގެ ތެރެއިން 157 ޙައްޖުވެރިން ވަނީ މިއަދު ހެނދުނު ރާއްޖެ އައިސްފަ އެވެ. އަދި މި އަންނަ ހޮނިހިރު ދުވަހު 175 ޙައްޖުވެރިން، 27 ޖުލައިގައި 117 ޙައްޖުވެރިން ރާއްޖެ އަންނާނެ އެވެ.
މިއަހަރު ރާއްޖެއިން ޖުމްލަ 453 މީހަކު ޙައްޖުގެ އަޅުކަން އަދާކޮށްފައިވެ އެވެ.
ރާއްޖޭގެ ޙައްޖު މިޝަންއިން ހާމަކުރާ ގޮތުގައި ހުރިހާ ޙައްޖާޖީންގެ ޙާލުވެސް ރަނގަޅެވެ.