Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ހިތަދޫ ގެއެއްގައި އަލިފާން ރޯވެއްޖެ

ހިތަދޫ އަތަމާވިލާ ގޭގައި ރޯވި ކޮޓަރިތެރެ މިހާރު ހުރި ގޮތް. ފޮޓޯ/ މޫސާ މަތުލޫބް

އައްޑޫ ހިތަދޫ ގެއެއްގައި އަލިފާން ރޯވެގެން ނިއްވުމުގެ މަސައްކަތްކުރަމުން އެބަދެ އެވެ.

ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި އާދައިގެ ގޮތަކަށް ހަދާފައި ހުރި ގޭގެ ތެރޭގައި އަލިފާންގަނޑު ވަރަށް ބޮޑަށް ރޯވެފައިވާ ތަން ފެނެ އެވެ. އަދި މީހަކު ބޭރުގަހައި ހުރެގެން ކުޑަދޮރަކުން އެތެރެ އަށް ހޮޅިއަކުން ފެންޖަހާ ތަނާއި އެމްއެންޑީއެފް ސަދަން އޭރިއާގެ ފަޔާ ސްޓޭޝަންގެ އޮފިސަރުންތަކެއް ވެސް ފެންޖަހާ ތަން ފެނެ އެވެ.

ގެ ކައިރީގައި އިތުރު ބަޔަކު ހަރަކާތްތެރިވާ ތަން ވެސް ފެންނަ އިރު ދުންގަނޑުގެ ވެސް ފެތެރުފައިވާ ތަން ފެނެ އެވެ.

އެނގިފައިވާ ގޮތުގައި އަލިފާން ރޯވީ ހިތަދޫ "ފަޒާ" ފިހާރަތައް ހުންނަ ހުންނަ މަގާ ދިމާލުން ފުއްޓަރު ފަރާތުގައި ހުރި އަތަމާވިލާ ގޭގަ އެވެ. ރޯވެފައި ވަނީ އެ ގޭގެ ކޮޓަރިއެއްގަ އެވެ. އަދި މިހާރު އަލިފާންގަނޑު ކޮންޓްރޯލްކުރެވުނު ނަމަވެސް އެތަނުގައި ހުރި ހުރިހާ އެއްޗެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ގެއެއްގައި ރޯވެގެން އުޅޭކަމުގެ މައުލޫމާތު ލިބުނީ މެންދުރު 12:15 އެހާކަށްހާ އިރު އެވެ.

އަތަމާވިލާގެ ގޭގެ ބަޔަކާ ހަވާލާދީ އެމްއެންޑީއެފުން ބުނީ ކޮޓަރީގައި ރޯވީ ކަރަންޓް ޝޯޓެއްވެގެން ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.