އެމެރިކާގެ ރައީސް ޖޯ ބައިޑެން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ވައިޓް ހައުސް އިން ބުނީ ބައިޑެން ކޮވިޑަށް ޕޮޒިޓިވްވިއިރު ބަލީގެ އަލާމަތްތައް ފެންނަނީ ވަރަށް ކުޑަކޮށް ކަމަށެވެ. އަދި ބައިޑެން މިވަގުތު ހުންނެވީ އައިސޮލޭޝަނުގައި ކަމަށްވާއިރު މަސައްކަތްތައް ކުރިއަށް ގެންދަވާނީ ވައިޓްހައުސްގައި ހުންނަވައިގެން ކަމަށްވެސް ބުނެފައިވެ އެވެ.
ބައިޑެން އަށް ކޮވިޑް ޖެހުނުއިރު ވެކްސިންގެ ޑޯޒުތައް އޭނާ ވަނީ ފުރިހަމަކޮށްފަ އެވެ.
އެމެރިކާ އިން ކޮވިޑްގެ 89 މިލިއަން ކޭސް މިހާތަނަށް ފެނިފައިވާއިރު މި ބަލީގައި އެގައުމުން ވަނީ މިލިއަނެއްހާ މީހުން މަރުވެފަ އެވެ.