Last Updated: April 23, 20:04
Tuesday, April 23, 2024
ކުޅިވަރު

އެފްރިކާގެ މޮޅު ކުޅުންތެރިޔަކީ މާނޭ

އެފްރިކާގެ އަހަރުގެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ބަޔާން މިއުނިކްގެ ސެނެގާލް ފޯވާޑް ސަޑިއޯ މާނޭ ހޯދައިފި އެވެ.

މާނޭ މި އެވޯޑު ހާސިލުކުރީ ޗެލްސީގެ ސެނެގާލް ގޯލްކީޕަރު އެޑުއާޑް މެންޑީ އާއި ލިވަޕޫލްގެ މިސްރު ފޯވާޑް މުހައްމަދު ސަލާހާއި ވާދަކޮށެވެ. މިއީ މި އެވޯޑް މާނޭ ހޯދި ދެވަނަ ފަހަރެވެ.

އެފްރިކާގެ މޮޅު ކުޅުންތެރިއާގެ އެވޯޑް މާނޭ އަށް ލިބުނުއިރު އެންމެފަހުން ބޭއްވި އެފްރިކަން ކަޕް އޮފް ނޭޝަންސް މުބާރާތް ސެނެގާލް އަށް ކާމިޔާބުކޮށްދިނުމުގައި މާނޭ ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އެ މުބާރާތުގައި މާނޭ ތިން ގޯލު ކާމިޔާބުކުރިއިރު މުބާރާތް ސެނެގާލް އަށް ކާމިޔާބުކޮށްދިން ޕެނަލްޓީ ކާމިޔާބުކޮށްދިނީ ވެސް މާނޭ އެވެ.

މާނޭ ވަނީ މިއަހަރުގެ ފަހުކޮޅު ގަތަރުގައި ބާއްވާ ވޯލްޑް ކަޕަށް ސެނެގާލް ކޮލިފައިކޮށްދިނުމުގައި ވެސް މުހިއްމު ރޯލެއް އަދާކޮށްފަ އެވެ.

ލިވަޕޫލަށް ކުރިން ކުޅުނު މާނޭ ވަނީ އެ ކްލަބާއެކު ދެ ތަށި މިދިޔަ ސީޒަނުގައި ކާމިޔާބުކޮށްފަ އެވެ. އެއީ އިނގިރޭސި ލީގު ކަޕާއި އެފްއޭ ކަޕެވެ.