ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އެ އެލާޓް ނެރެފައި ވަނީ ފަތިހު 4:30 އިން ފެށިގެން މިއަދު ހެނދުނު 9:30 އާ ހަމައަށެވެ. އެ ވަގުގެ ތެރޭގައި ގުގުރައި، ބޯކޮށް ވާރޭ ވެހުމާ އެކީ ވިލާގަނޑުގައި ގަޑިއަކު 45 ވައި ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
ރޭ އިރާކޮޅުން ފެށިގެން އައްޑު އަށް ވަރަށް ބޯކޮށް ވާރޭ ވެހިފައިވެ އެވެ.
މޫސުން ގޯސްވެފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރުމުގައި ސަމާލުވުމަށް ވެސް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފައިވެ އެވެ.