މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ދޫކުރާ ހުއްދައާ ހިލާފަށް ބައެއް ފަރާތްތަކުން ކޯސްތައް ހިންގާތީ އެފަދަ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެތަނުން ދީފި އެވެ.
އެމްކިއުއޭ އިން ބުނީ އެއޮތޯރިޓީން ހުއްދަ ދީފައިވާ މިންގަނޑުތަކާއި ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވައިދާ ހިލާފަށް، މަތީ ތައުލީމުދޭ ބައެއް މަރުކަޒުތަކުން އަޢަމަލު ކުރަމުންދާކަމުގެ ޝަކުވާތަައް ލިބެމުންދާ ކަމަށެވެ. އެގޮތުން އޮންލައިންކޮށް ހިންގަން އެމްކިއުއޭ އިން ހުއްދަ ނުދޭ ކޯސްތައް އޮންލައިންކޮށް ހިންގަން އިޝްތިހާރުކިރާ މައްސަލަތަކެއް ވެސް ހުށައަޅާފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
PUBLIC NOTICE!
Regarding misconduct of MQA Accredited Programs.Learn more here: https://t.co/YmlLTP7axl
— Maldives Qualifications Authority (@mqamaldives) July 21, 2022
އަދި އެއީ ސީދާ ހުއްދަ އާއި އުސޫލުތަކާ ހިލާފު ކަމަށް ކަމަށްވާތީ އެފަދަ ކަންކަން ބަލައި، އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ބުންޏެވެ.
"މިފަދަ އަމަލުތައް މި އޮތޯރިޓީއަށް ފާހަގަކުރެވުމުން، މި އޮތޯރިޓީން އެ މައްސަލަ ބަލައި ރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނާއި، ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާ އެއްގޮތަށް ފިޔަވަޅު އަޅަމުންދާނެކަމުގައި ދެންނެވީމެވެ." އެމްކިއުއޭ އިން ބުންޏެވެ. "އަދި ދަންނަވަމެވެ. ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާ ޚިލާފަށް ހިންގާ ޕްރޮގްރާމްތައް މި އޮތޯރިޓީން ބަލައި ނުގަންނާނެ ކަމަށާއި މިކަމުގެ ސަބަބުން ދަރިވަރުންނަށާއި ޢާންމު ފަރާތްތަކަށް ލިބިދާނެ ގެއްލުމަކަށްޓަކައި މިކަން އަންގައި އިޢުލާންކުރީމެވެ."
ރާއްޖޭގައި މިހާރު މަތީ ތައުލީމުދޭ އަމިއްލަ އެކިއެކި އިންސްޓިޓިއުޝަންތައް ވަރަށް ގިނަ އެވެ. އަދި އެފަދަ ތަންތަނުން ކޯސް ހަދާ މީހުން ވަރަށް ގިނަ އެވެ.