ރާއްޖޭގައި ހަމަހަމަކާ އެކީ ދައުލަތުން ގާނޫނު ހިންގަން ޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ މިހާރުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އިޖުތިމާއީ ފޭރާމާއި ސިލްމާއި ސަލާމަތު ރައްކާތެެރިކޮށް ދެމެހެއްޓުމަށްޓަކައި ރާއްޖޭގައި އިސްލާމީ ޝަރީއަތުގެ މަބްދައުތައް މަތިވެރިކޮށް އިސްލާމީ ސަގާފަތާއި އަގީދާ ކުރިއަރުވަން ޖެހޭ ކަމަށެވެ.
ރާއްޖޭގެ އިޖުތިމާޢީ ފޭރާމާއި ސިލްމާއި ސަލާމަތު ރައްކާތެެރިކޮށް ދެމެހެއްޓުމަށްޓަކައި ރާއްޖޭގައި އިސްލާމީ ޝަރީޢަތުގެ މަބްދައުތައް މަތިވެރިކޮށް އިސްލާމީ ޘަޤާފަތާއި ޢަޤީދާ ކުރިއަރުވައި އިޖުތިމާޢީ ޢަދާލަތު ޤާއިމުކޮށް ތަފާތު ކުރުމެއްނެތި ހަމަހަމަކަމާއެކު ދައުލަތުން ޤާނޫނު ހިންގަންޖެހޭ.
— Mohamed Shaheem Ali Saeed (@Mohamedshaheem1) July 23, 2022
"އިޖުތިމާޢީ ޢަދާލަތު ޤާއިމުކޮށް ތަފާތު ކުރުމެއް ނެތި ހަމަހަމަކަމާއެކު ދައުލަތުން ޤާނޫނު ހިންގަން ޖެހޭ." ޝަހީމް ވިދާޅުވި އެވެ.
ރާއްޖޭގައި ބޭއިންސާފުން މީހުން ހައްޔަރުކޮށް އަބަދު ދިނުމާއި ފާހިޝް ބޮޑެތި ފާފާތަކަށް އަރައިގަތުން ފަދަ މައްސަލަތައް މުޖުތަމައުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު، މިފަދަ ކަންކަމާ ދެކޮޅަށް ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ގިނަ ބަޔަކު ދެކެ އެވެ. މިކަމާ ހެދި ސަރުކާރަށް އަމާޒުވެފައިވާ ފާޑުކިޔުންތައް ވަރަށް ގިނަ އެވެ.
އެގޮތުން ސިޔާސީ ގޮތުން ނުފޫޒު ގަދަ މީސްމީހުންނާއި އެފަދަ މީސްމީހުންނާ ގުޅުން ހުރި މީހުން ހިންގާ ޖަރީމާތަކާއި ފާހިޝްކަން ނުބެލުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.