Last Updated: June 26, 17:28
Friday, June 26, 2026
ޚަބަރު

އަލަމްގީރާ އެކީ ގުޅުން ހިންގި މީހުންގެ އަދަދު 250 އަށް!

އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރް ހައްޔަރުކޮށް މައްސަލަ މިހާރު އިތުރަށް ތަހުގީގުކުރަމުން އަންނަ އިރު، އޭނާއާ އެކީ ގުޅުން ހިންގި ދިވެހި ފިރިހެނުންގެ އަދަދު މިހާރު 250 އަށް އަރާ ކަމަށް އެނގިއްޖެ އެވެ.

އޭނައާ އެކު ގުޅުން ހިންގި ބައެއް މީހުންގެ ވީޑިއޯތައް އާންމުވެ، މުޅި ރާއްޖޭހެ ސަމާލުކަމަށް މިދިޔަ މަހުގެ ތެރޭގައި މި މައްސަލަ އައި އިރު، ކުރިން އަޑު އަރާފައި އޮތް ގޮތުން އަލަމްގީރް، 25، އާ އެކު 42 މީހަކު ގުޅުން ހިންގާފައިވެ އެވެ. ނަމަވެސް ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި އޭނާއާ އެކީ ގުޅުން ހިންގި މީހުންގެ އަދަދު 250 އަށް އަރަ އެވެ. އަދި ގުޅުން ހިންގި މީހުންނާ އެކު ރެކޯޑްކޮށްފައިވާ ހުރިހާ ވީޑިއޯތަކެއް ފުލުހުން މިހާރު އަތުލާފައިވާ ކަމަށް ވެސް އެނގިފައިވެ އެވެ.

އަލަމްގީރާ އެކީ ގިނަ އަދަދެއްގެ ބަޔަކު ގުޅުން ހިންގާފައިވާތީ މިކަމާ ހެދި ބައްޔެއް ފެތުރިފައި އޮވެދާނެ ކަމަށް ވެސް ބެލެވެން ފަށައި، އެކަމުގެ ބިރުވެރިކަން ވެސް މުޖުތަމައުގެ ތެރޭގައި ވަނީ ބޮޑުވެފަ އެވެ.

ވެއިޓަރެއްގެ ވަޒީފާ އަށް 2019 ގައި ރާއްޖެ އައި އަލަމްގީރް އެކި މީސްމީހުންނާ ގުޅުން ހިންގާފައި ވަނީ އޭނަ މާލޭގައި ހުރި ކޮޓަރިއެއްގަ އެވެ. މިހާތަނަށް އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެންމެންނާ އެކީ ވެސް އޭނާ އެެއްޖިންސުން ގުޅުން ހިންގީ އެއް ކޮޓަރިއެއްގަ އެވެ.

މިހާތަނަށް އާންމުވި ވީޑިއޯތަކުން އަލަމްގީރާ އެކު ގުޅުން ހިންގި ކަމަށް ބެލެވޭ މީހުންނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކި ނާޒިމް ސައްތާރާއި މުހައްމަދު ނަޝީދު (ކާނަލް) އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީގެ ދަރިފުޅު އައްފާން އަބުދުއްސައްތާރާއި ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާންޓްމެންޓް (ޑީއީޑީ) ގައި މަސައްކަތްކުރި ސާޖަންޓް އަބްދުއްރަހުމާނެވެ.

ފުލުހުން އަލަމްގީރް މި މަހުގެ 12 ގައި ހައްޔަރުކުރީ އޭނަ ގުޅުން ހިންގި މީހުންގެ ވީޑިއޯ ރެކޯޑްކޮށް، ފައިސާ ހޯދަން ބްލެކްމެއިލްކުރާ ކަމަށް ބުނެ ހުށަހެޅި މައްސަލަތަކަކާ ގުޅިގެންނެވެ.