Last Updated: April 26, 15:47
Friday, April 26, 2024
ދުނިޔެ

މިއީ މަތިމަސް ބަހައްޓަން ލޯބިކުރާ އަންހެނެއް

އަންހެނުންގެ މަތިމަސް އިނުމަކީ އާންމު ކަމެއް ނޫނެވެ. އެކަމަކު ބައެއް އަންހެނުންނަކީ އުފެދުމުގައި ވެސް މަތީ ތުންފަތް މަތީގައި އިސްތަށި ފަޅާ ބައެކެވެ. އެހެންވެ ގިނަ މީހުން އެ އިސްތަށި ބާލަނީ އެވެ. އެކަމަކު މި އަންހެން މީހާ އަކީ މަތިމަހަށް އިންތިހާ އަށް ލޯބިކުރާ އަދި އެކަމާ ލަދުން ވެސް ނޫޅޭ މީހެކެވެ.

މިއީ އިންޑިއާގެ ކެރެލާގެ ކަންނޫރު ޑިސްކްރިކްޓްގައި އުޅޭ ޝައިޖާ، 35، އެވެ. އޭނާ ބުނީ މަތިމަސް ބާލަން ދުވަހަކު ވެސް ބޭނުންވާ ނުވާ ކަމަށާއި އަމިއްލަ މަތިމަސް ދެކެ ވަރަށް ލޯބިވާ ކަމަށެވެ.

"އާންމުކޮށް އަންހެނުންނަކީ ބުމަ ހަދައި މޫނުގެ ހުރިހާ އިސްތަށިތައްޓެއް ދުއްވާލާ ބައެއް. އެކަމަކު އަހަރެން ބޭނުމެއް ނޫން އެކަން ކުރާކަށް،" ޝައިޖާ ބުންޏެވެ. "މަތިމަހަކީ ގުދުރަތީ ގޮތުން ވެސް އަހަރެންގެ އިން އެެއްޗެއް. އެހެންވީމަ މަތިމަސް ބާލައި ކޮންމެހެން އެހެން މީހަކަށް ވާކަށް ބޭނުމެއް ނޫން."

އޭނަ ބުނި ގޮތުގައި މަތިމަސް ނުބާލަނީ ކޮންމެހެން މީހުންގެ ސަމާލުކަން ވެސް ހޯދާކަށް ނޫނެވެ. އަދި އެކަމާ ވަރަށް ގިނަ މީހުން ސުވާލުކުރާ ކަމަށް ވެސް ބުންޏެވެ.

"މަތިމަހާ ނުލައެއް އަހަންނަކަށް ނޫޅެވޭނެ. ކޮވިޑްގެ ތެރޭގައި މާސްކް އަޅަން ޖެހުނީމަ އަހަންނަށް ވަރަށް އުނދަގޫ ކަމަކަށްވި. އަހަރެން އަބަދު ވެސް ބޭނުން ވަނީ މަތިމަސް ފެންނަ ގޮތަށް ހުންނަން،" ޝައިޖާ ބުންޏެވެ. "އަހަރެން ގަބޫލު ވެސް ކުރަނީ މަތިހަމާ އެކީ އަހަރެންގެ ރީތިކަން އިތުރުވާ ކަމަށް."

އޭނާ ބުނީ މިކަމަށް އާއިލާ އާއު ރައްޓެހިން ވަރަށް ސަޕޯޓްކުރާ ކަމަށެވެ.

"އަހަރެންގެ އަންހެން ދަރިފުޅު ވެސް ބުނާނެ މަތިމަހާ އެކީ މަންމަ ވަރަށް ރީއްޗޭ،" ޝައިޖާ ބުންޏެވެ. "އެކަމަކު ބައެއް މީހުން ފިރިހެނަކާ ވައްތަރޭ ކިޔާފައި އަހަންނަށް ވަރަށް މަލާމާތް ވެސް ކުރާނެ. އެހެންވިޔަސް އެންމެ ގާތް މީހުންނަށް މިކަމުގައި އަހަންނާ އެކީގައި ތިބީމަ އެއްވެސް ކަންބޮޑުވުމެއް ނެތް."

 

View this post on Instagram

 

A post shared by Harnaam Kaur (@harnaamkaur)

މިހާތަނަށް މަތިމަހާއި ތުނބުޅި ހުރެގެން ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދި ޒުވާން އަންހެނަކީ އެ ރެކޯޑް 2016 ގައި ލިބުނު ޕަންޖާބީ ދަރިކޮޅުގެ އިނގިރޭސިވިލާތުގެ މޯޓިވޭޝަނަލް ސްޕީކާ ހަރްމާމް ކޯރް، 31، އެވެ.