Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ހައްޖުވެރިންގެ ދެވަނަ ގްރޫޕް އަތުވެއްޖެ

ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު ރާއްޖޭގެ ހައްޖުވެރިންގެ ދެވަނަ ގްރޫޕް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

މިއަދު އައި ގްރޫޕްގައި ހިމެނެނީ 175 ހައްޖުވެރިންނެވެ. ރާއްޖޭން މި އަހަރު ހައްޖަށް ދިޔައީ 453 މީހުންނެވެ. އޭގެ ތެރެއިން ފުރަތަމަ ގްރޫޕްގެ ގޮތުގައި 157 މީހުން ރާއްޖެ އައީ މި މަހުގެ 20 ގަ އެވެ.

ތިން ވަނަ ގްރޫޕް އަންނަ ބުދަ ދުވަހު އަންނާނީ 117 ހައްޖުވެރިންނާ އެކީގަ އެވެ. އެ އެންމެން ވެސް ހައްޖަށް ދިޔައީ ހައްޖު ކޯޕަރޭޝަންގަ ހަވާލުގަ އެވެ.

މިއަދު އައި ހައްޖުވެރިންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން (ވީއައިއޭ) އިން އިސްލާމިކް މިނިސްޓަރު އަދި މި އަހަރުގެ އަމީރުލް ހައްޖު ޑރ. އަހުމަދު ޒަހީރު އަލީ މަރުހަބާ ވިދާޅުވި އެވެ.