Last Updated: June 26, 17:28
Friday, June 26, 2026
ޚަބަރު

ޔޫއޭއީގެ "ވިޒް އެއާ" އޮކްޓޯބަރުގައި ރާއްޖެ އަށް

ޔުނައިޓެށް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ބަޖެޓް އެއާލައިނެއް ކަމަށްވާ "ވިޒް އެއާ" ގެ ދަތުރުތައް މި އަހަރުގެ އޮކްޓޯބަރުގައި ރާއްޖެ އަށް ފަށަން ނިންމައިފި އެވެ.

އެ އެއާލައިނުން ބުނި ގޮތުގައި އެ މަހުގެ 4 ގައި ރާއްޖެ އަށް ދަތުރުތައް ފެށުމަށް ފަހު، ހަފުތާ އަކު ހަތަރު ދަތުރު ބާއްވާނެ އެވެ. އެއީ އަންގާރަ އާއި ބުރާސްފައްޗާއި ހޮނިހިރު އަދި އާދިއްތަ ދުވަހު އެވެ.

"ވިޒް އެއާ" އިން ރާއްޖެ ފަށާ ދަތުރުތަކާ އެކީ މިކަން ވާނީ އެ އެއާލައިނުން ދެކުނު އޭޝިއާ އުދުހޭ ދެވަނަ މަންޒިލަށެވެ. އެ އެއާލައިނުން ސްރީ ލަންކާ އަށް ދަތުރުތަކެއް ކުރިން ބާއްވާފައިވެ އެވެ. "ވިޒް އެއާ" އިން ރާއްޖޭގެ އިތުރުން އޮކްޓޯބަރު މަހުގެ ތެރޭގައި މެދު އިރުމަތީގެ ގައުމެއް ކަމަށްވާ ކުވައިތަށް ވެސް ދަތުރުތައް ފަށަން ހަމަޖެހިފައިވެ އެވެ. އެއީ އޮކްޓޯބަރު 30 އިން ފެށިގެންނެވެ.

މީގެ 19 އަހަރު ކުރިން 2003 ގައި ވުޖޫދަށް އައި "ވިޒް އެއާ" އިން މިހާރު 44 ގައުމެއްގެ 150 މަންޒިލަކަށް އުދުހެ އެވެ. އެ އެއާލައިންގެ ފްލީޓްގައި 154 ބޯޓް އޮވެ އެވެ.