މާލޭގައި ޔޯގާ ދުވަސް ފާހަގަކުރަން ބޭއްވި އިވެންޓަށް ހުރަސް އަޅައި، ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ޝެއިހް ފަޒްލޫން މުހައްމަދަށް މިރޭވެސް ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.
މިމައްސަލައާ ގުޅިގެން އިއްޔެވެސް ޝެއިހް ފަޒްލޫން ފުލުހަށް ހާޒިރުކޮށް ސުވާލު ކޮށްފައިވެއެވެ.
މިމައްސަލައިގައި މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން ފަޒްލޫން ހުންނެވީ ބަންދުގައެވެ. އަދި ޝަރުތު ކުރުމަށްފަހު ބަންދުން ދޫކޮށްލާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.
ޔޯގާ އިވެންޓާ ގުޅިގެން ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން 21 މީހަކު ހައްޔަރު ކޮށްފައިވެއެވެ. އަދި އޭގެތެރެއިން ބައެއް މީހުން މިހާރު ވަނީ ކޯޓުން ދޫކޮށްލާފައެވެ. މިމައްސަލައަކީ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ މައްސަލައެކެވެ.