Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

ސްޓެލްކޯ އިން ވިލިމާލޭގައި ފްލެޓް އަޅަނީ

އަހުމަދު ޝަރީފް- ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯއިން އާ ހައުސިން ޕްރޮޖެކްޓެއް ފެށުމަށް ނިންމާފައިވާކަން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ހާމަކުރައްވައިފިއެވެ.

ރޭ ސްޓެލްކޯގެ މުވައްޒަފުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، އާ ހައުސިން މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށާއި، އެކަމަށް ކުންފުނީގެ ބޯޑުގެ ހުއްދަ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ހައުސިން މަޝްރޫއު ކުރިއަށް ގެންދާނީ ވިލިމާލޭގައި ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މާލެ އާއި ވިލިމާލެ ގުޅާލާ ބްރިޖާއެކު ދަތުރުފަތުރުގެ މާބޮޑު ހުރަސްތަކެއް ނޯންނާނެ ކަމަށެވެ.

އާ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ސްޓެލްކޯއިން އިއުލާނުކުރިއިރު، ހުޅުމާލޭ ދެވަނަ ފިޔަވަހީގައިވެސް ސްޓެލްކޯއިން އަންނަނީ އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަ ބޯހިޔާޥަހިކަމުގެ މަޝްރޫއެއް ހިންގަމުންނެވެ. ޝަރީފް ރޭ ވިދާޅުވީ އެ ފްލެޓްތައް ލިބުނު ފަރާތްތަކަށް އަންނަ މަހުގެ 6 ވަނަ ދުވަހު އެތަންތަން ހަވާލުކުރެވޭވަރު ވާނެކަމަށެވެ.