Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

ފާހިޝް އަމަލުތައް ހުއްޓުވަން ފަސްޖެހިގެން ނުވާނެ: ޝިފާއު

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފާހިޝް އަމަލުތައް ހުއްޓުވުމަށް ސަރުކާރު ފަސްޖެހިގެން ނުވާނެ ކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ޝިފާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދިވެހިންްގެ ދީނަކީ އިސްލާމްދީންކަމުގައި ޤާނޫނުއަސާސީ ސާފުކޮށް ބުނާ ކަމަށެވެ.

އިސްލާމްދީނުގަ ހުއްދަކަމަކީ ދިވެހި ފަސްގަޑުގައި ހުއްދަކަމެއް ކަމަށާއި، އަދި އިސްލާމްދީނުގައި ހަރާމްކަމަކީ ދިވެހިފަސްގަޑުގައި ހަރާމްކަމެއް ކަމަށްވެސް ޝިފާއު ވިދާޅުވިއެވެ.

"މުންކަރާތްތަކާ ފާހިޝް އަމަލުތައް ހުއްޓުވުމަށް ސަރުކާރާ ފުލުހުން ފަސްޖެހިގެން ނުވާނެ." ޝިފާއުގެ ޓްވީޓްގައިވެއެވެ.

މިފަހުން ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވަމުން އަންނަނީ އެއްޖިންސުން ގުޅުންހިންގާ ވީޑިއޯތަކުގެ މައްސަލައިގައި ބަޔަކު ހައްޔަރުކޮށްފައި ނުވާތީއެވެ. އަދިއެކަމުގައި ފިޔަވަޅު ނޭޅޭ ކަމަށްބުނެ ސަރުކާރަށް ކުރިމަތިވާ ފާޑުކިޔުން ވަނީ އިތުރުވެފައެވެ.