އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ދަށުން މިނީ ބަހުގެ ހިދުމަތް ދޭން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ތިން އަތޮޅަކަށް ބަސްތައް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެމްޓީސީސީން ބުނި ގޮތުގައި އައްޑު އާއި ފުވައްމުލަކާއި ލ. އަތޮޅަށް 24 ބަސް ފޮނުވަން ހަމަޖެހިފައިވެ އެވެ. އަދި އެ އަތޮޅުތަކަށް ފޮނުވާ ބަސްތައް މި ހަފުތާގެ ތެރޭގައި އަތޮޅުތަކަށް ގެންދެވޭނެ އެވެ. އެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެގޮތުން އައްޑު އަށް ޖުމްލަ 12 ބަސް ފޮނުވަން ހަމަޖެހިފައިވާ އިރު، ފުވައްމުލަކަށް ފޮނުވާނީ ފަސް ބަހެވެ. އަދި ލ. އަތޮޅަށް ފޮނުވާނީ ހަތް ބަހެވެ.
Our #RTLBuses are on route to its next destinations. 24 buses are headed to the atolls and will be distributed between Addu, Fuvahmulah & Laamu atoll. #ConnectingRaajje #RayyithungeKunfuni pic.twitter.com/IVz7r8XG8a
— MTCC Plc (@MTCCPlc) July 24, 2022
މިނީ ބަހުގެ ހިދުމަތަށް 36 ބަސް ގެނެސްފައިވެ އެވެ. މީގެ ތެރެއިން 12 ބޭސް ބޭނުންކުރާނީ މާލެ ސަރަހައްދުގަ އެވެ. މިއީ 18-20 މީހުންގެ ޖާގައިގެ ދަތުރުކުރަން ފަސޭހަ އަދި އަރާމު ބަސްތަކެއް ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
65 staff from the Land Transport Division took part in "Bus Familiarisation" training sessions conducted by @YutongGlobal. #TeamMTCC #RTLBus #ConnectingRaajje #RayyithungeKunfuni pic.twitter.com/uWbyDwdbPA
— MTCC Plc (@MTCCPlc) July 24, 2022
އެމްޓީސީސީގެ ބަހުގެ ހިދުމަތަކީ ފެންވަރު ރަނގަޅު އެއްގަމު ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލަން ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ބައެކެވެ.