Last Updated: June 26, 17:28
Friday, June 26, 2026
ޚަބަރު

އާދަމް ޝަރީފުގެ ނަޒަރުގައި ދައުލަތް ފެއިލްވި ސަބަބުތައް

ރައީސް އިބްރާހީމް މުހައްހަދު ސޯލިހުގެ ސަރުކާރު އޮތީ ފެއިލްވެފައި ކަމަށް ވިދާޅުވެ އެގޮތަށް ދިމާބި ސަބަބަތުތައް ވެސް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު ކުރެއްވިި ޓްވީޓެއްގައި ވިދާޅުވީ ދައުލަތް ފެއިލްވީ ނާގާބިލު، ހިންގުންތެރި ކަމެއް ނެތް ވެރިންނާއި އާއިލީީ މީހުން ގިނަވެ ސަރުކާރު ލަސްވުމާއި ހިޔާތާ ވެސް ހެދި ކަމަށެވެ.

"ކޮރަޕްޝަނާއި ފާހިޝް އަދި މުންކަރާތްތައް ގިނަވި އިރު، ފިޔަވަޅު ނޭޅުމާއި ޒިންމާ އަދާނުކުރާ މީހުންނާ މެދު ޑިސިޝަން ނުނެގުމުން." އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނަގެ މި ޓްވީޓްގައި ކޮރަޕްޝަނުގެ ވާހަކަ އާއި އެކަމާ ގުޅޭ ގޮތުން ފިޔަވަޅު ނޭޅުމުގެ ވާހަކަ އޮތުމުން އެއީ ޔޫތު މިނިސްޓަރު މަހުލޫފް ފަދަ ބޭފުޅުންނަށް އިޝާރާތްކުރެއްވި ވާހަކައެއް ކަމަށް ބެލެވެ އެވެ. އަދި ފާހިޝް ކަންކަމާއި މުންކަރާތަތްކުގެ ވާހަކަ ރައްދު ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީގެ އިތުރުން ފުލުސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ކަމަށް ބެލެވެ އެވެ.

މީގެ އިތުރުން ހިންގުންތެރި ކަމެއް ނެތް ނާގާބިލު މީހުންނާއި ސަރުކާރު ސްލޯވުމާ ގުޅެނީ އާދަމް ޝަރީފްގެ ޓްވީޓުން ދޭހަވާ ގޮތުން ސީދާ ރައީސް ސޯލިހާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާ އެވެ.

އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ގެންދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. މީގެ އިތުރުން ރާއްޖޭގެ ވަރަށް ގިނަ ދީނީ އިލްމުވެރިން ވެސް ސަރުކާރަށް ގެންދަވަނީ ފާޑު ވިދާޅުވަމުންނެވެ.

އަނެއްކޮޅުން ފާހަގަކޮށްލެވޭ ކަމަކީ ސީދާ ސަރުކާރުގެ ތެރެއިން ސާރުކާރަށް ފާޑުކިޔަމުން ދިއުމާއި ރައީސް ނިސްބަތްވާ ޕާޓީ އެމްޑީޕީން ވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދާ ކަމެވެ.