Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ލިވާތުކުރާ މީހުންނަށް ހަރުކަށި އަދަބުދޭން ގޮވާލައިފި

މެމްބަރު އަބްދުﷲ ސަނީފް--

އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ގޮވާލައްވައިފިއެވެ.

ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލަށް ދަންނަވާކަމަށް ބުނެ ސަނީފް ކުރެއްވި ޓްވީޓްގައި ވަނީ އެއްޖިންސުން ގުޅުން ހިންގި އެންމެހައި ފަރާތްތަކުގެ މަސްސަލަ ބަލައި ގާނޫނުގަ ބުނާ އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލާފައެވެ.

އަދިމިކަން ނުބަލާނަމަ ކޮންމެ ފަދަ މުސީބާތެއް ވެސް ދިމާވެދާނެ ކަމަށް ސަނީފްގެ ޓްވީޓްގައި ބުނެފައިވެއެވެ.

މިފަހުން ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވަމުން އަންނަނީ އެއްޖިންސުން ގުޅުންހިންގާ ވީޑިއޯތަކުގެ މައްސަލައިގައި ބަޔަކު ހައްޔަރުކޮށްފައި ނުވާތީއެވެ. އަދިއެކަމުގައި ފިޔަވަޅު ނޭޅޭ ކަމަށްބުނެ ސަރުކާރަށް ކުރިމަތިވާ ފާޑުކިޔުން ވަނީ އިތުރުވެފައެވެ.

މިމައްސަލައިގައި ފިޔަވަޅު އެޅުމަށް ގޮވާލާ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުންވެސް އަންނަނީ ސޯޝަލްމީޑިއާގައި އަޑު އުފަލަމުންނެވެ.