ޕިކްނިކް އައިލެންޑްގެ ގޮތުގައި ތަރައްގީކުރާ ކ. ކުޑަގިރި ހުޅުވުން ފަސްކޮށްފިއެވެ.
ކުރިން ނިންމާފައިއޮތީ ޖުލައި 26 ވަނަ ދުވަހު ކުޑަގިރި ހުޅުވާގޮތަށެވެ.
ކުޑަގިރި ހުޅުވުން ފަސްކޮށްފައިވަނީ އެރަށުގައި ނިންމަން ހުރި ކަންތައްތަކެއް ހުރުމުންނެވެ. އެރަށް ހުޅުވާނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ކުޑަގިރީގައި ޕިކްނިކް އައިލެންޑެއް ހެދުމަށް އެމްޓީސީސީއަށް ހަވާލު ކޮށްފައިވަނީ 6 މަސް ތެރޭގައި އެ މަސައްކަތް ނިންމާގޮތަށެވެ.
މި މަސައްކަތުގެ ދަށުން 8 ހެކްޓަރުގެ ބިން ހިއްކުމާއި، 397.27 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓާ ގާއިމުކުރުމާއި، 428.32 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިންސް އެޅުން ހިމެނެއެވެ. ޕިކްނިކް އައިލެންޑް މަޝްރޫއުގައި ކުޑަގިރި ފަޅުގައި ދެ ރަށް ހިއްކުމަށް ހަމަޖެހިފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ އަށް ހެކްޓަރުގެ ޕިކްނިކް އައިލެންޑަކާއި ސޭންޑްބޭންކް ގޮތަށް ހެދިގެންދާނެ 1.5 ހެކްޓަރުގެ ރަށެކެވެ.