18 ވަނަ ރައްޔިތުންގެ މަޖްލިސް އިންތިހާބްގެ ވޯޓުލުން އައްޑޫގެ ބައެއް ސަރހައްދު ތަކުގައި ފަށައިގެން ކުރިއަށް އެބަދެއެވެ. އާބާދީ ބޮޑު ވެރިކަން ކުރާ ހިތަދޫގެ ބައެއް ވޯޓުލާ މަރުކަޒު ކައިރީ ދިގު ކިއު ހަދާފައިވާ އިރު ވޯޓު ފޮށްޓާއި އެކު ބައެއް ސާމާން ހަމަ ނުވާތީ ވޯޓު ލުން ވަނީ ފެށޭ ގޮތް ނުވެފަ އެވެ.
އައްޑޫގައި 31 ވޯޓު ފޮށި ބަހައްޓާފައިވާ އިރު ހިތަދޫގައި ވަނީ 15 ވޯޓު ފޮށްޓެއް ބަހައްޓާފަ އެވެ. މި އިންތިހާބްގައި އައްޑޫގެ 7 ދާއިރާއަކަށް 28 ކެންޑިޑޭޓުން ވަނީ ކުރިމަތިލައްވާފައެވެ.