Last Updated: June 26, 14:38
Friday, June 26, 2026
ޚަބަރު

މިނިވަން ދުވަހުގެ ދިދަ ނެންގެވީ ރައީސް

މިއަދު ފާހަގަކުރާ ރާއްޖޭގެ މިނިވަން ދުވަހާ ގުޅިގެން ސަރުކާރުން މި އަހަރު ހާއްސަ ކަމެއްގެ ގޮތުގައި ބޭއްވި ހަމައެކަނި ހަރަކާތް ކަމަށްވާ ޖުމްހޫރީ މައިދާންގެ މިއަދު ހެނދުނު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެރިވެވަޑައިގެންފި އެވެ.

ފަތިހު 5:50 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވެވި ދިދަ ނެގުމުގެ މި ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ވަޒީރުންނާއި ދައުލަތުގެ އިއްޒަތްތެރީން ރައީސްގެ އަރިހުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުޙަބާ ދެންނެވީ ޑިފެންސް މާރިޔާ އަޙްމަދުދީދީ އާއި ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އެވެ. ރަސްމިއްޔާތުގައި ދިދަ ނެންގެވުމުގެ އިތުރުން ދުވަ ގުޅޭ ހާއްސަ ދުޢާއެއް ވެސް ކޮށްފައިވެ އެވެ. އިސްވެ މި ދުއާ ކޮށްދެއްވީ ޝައިޚް އަހުމަދު މައުމޫނެވެ.

ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރަކު ވެސް ޖުލައި މަހުގެ 26 ގަ އެވެ.