ފިރިހެން ދަރިވަރަކާ އެކީ ގަދަކަމުން އެއްޖިންސުން ގުޅުން ހިންގަން އުޅުނު މައްސަލައެއް ފެންމަތިވެ އިންޑިއާގެ އެ ޓީޗަރު ފުލުހުންނާ ހަވާލުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ދަރިވަރަކާ އެކީ ގުޅުން ހިންގަން މަސައްކަތްކުރީ އިސްކަންދަރު ސްކޫލްގެ ޓީޗަރަކު ދަރިވަރަކަށް ޓިއުޝޭން ދޭން ގޮހެވެ. ގްރޭޑް 8 ގައި ކިޔަވާ ދަރިވަރަށް ޓީޗަރު ޓިއުޝަން ދޭން ގެއަށް ގޮސް ކުއްޖާ އަށް ޖިންސީ ގުނަވައި ދައްކައި އެ ކުއްޖާއާ ގުޅުން ހިންގަން މަސައްކަތް ކުރަނިކޮށް އާއިލާގެ ބަޔަކަށް ފެނިގެން، އޭނާ ފުލުުހުންނާ ހަވާލުކުރީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ.
ނަމަވެސް މިކަމާ ބެހޭ ގޮތުން ފުލުހުން މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެ އެވެ.
ދާދި ފަހުން ވެސް ބިދޭސީ ޓީޗަރުންތަކެއް ކުދިންތަތަކަކާ ބެހުނު މައްސަލަތަކެއް ފެންމަތިވެފައިވެ އެވެ. އޭގެ ތެރެއިން އެކަކު 14 އަހަރުގެ އަންހެން ކުއްޖަކަށް ޓިއުޝަން ދޭން ގޮސް ބެހުނު މައްސަލަ ފަޅާ އެރުމުން އޭނާ ފުރައިގެން ދިޔަ ފަހުން އޭނާ ހޯދަން އިންޓަޕޯލްގެ އެހީގައި ރެޑް ނޯޓިސް ނެރެފައިވެ އެވެ.
މީގެ ތެރެއިން އަނެއް މައްސަލަ އަކީ މާލޭގެ ސްކޫލެއްގެ ބިދޭސީ ފިރިހެން ޓީޗަރަކު ފިރިހެން ކުއްޖަކާ ބެހެން އުޅުނު މައްސަލައެކެވެ. އެ މައްސަލާގައި އޭނާ މި މަހުގެ 14 ގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ހުރީ ބަންދުގަ އެވެ.