Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

ޤުރުއާން މުބާރާތެއްގައި ގައިދީންތަކެއް ވާދަކޮށްފި

އިންޓަނޭޝަނަލް ބެވަރެޖް ކޮންޕެނީން އިންތިޒާމްކޮށްގެން ކ. ހިންމަފުށީގައި ބޭއްވި "ލައިފް ޤުރުއާން މުބާރާތް 1143" ގައި އައްސޭރި ޖަލުގެގައިދީންތަކެއް ބައިވެރިވެ، ވާދަކޮށްފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ބުނެފި އެވެ.

އެތަނުން ބުނީ އިޖިތިމާއީ މިފަދަ ހަރަކާތްތަކުގައި ގައިދީންނަށް ބައިވެރިވެވޭނެ ފުރުސަތު ލިބުމަކީ އެ މީހުންގެ ރިހެބިލިޓޭޝަނަށް ލިބޭ ބޮޑު ހިތްވަރެއް ކަމަށެވެ. އަދި މިއީ ޖަލެއްގައި ހުކުމް ތަންފީޒުކުރަމުން އަންނަ ގައިދީންތަކެއް މިފަދަ މުބާރާތެއްގައި ބައިވެރިވި ދެވަނަ ފަހަރު ކަމަށް ވެސް އެމްސީއެސް އިން ބުންޏެވެ.

ހިންމަފުށީގައި ހުންނަ އިންޓަނޭޝަނަލް ބެވަރެޖް ކޮންޕެނީން އިންތިޒާމްކުރި ޤުރުއާން މުބާރާތް ކުރިއަށް ގެންދިޔައީ މި މަހުގެ 18-23 އަށެވެ. އެ މުބާރާތުގައި ބައިވެރިވީ އައްސޭރި ޖަކުގެ ހަތް ގައިދީއެކެވެ.

މުބާރާތުގައި އެކި ރަށްރަށުން ޖުމްލަ 132 މީހަކު ބައިވެރިވި އެވެ.