Last Updated: June 26, 14:38
Friday, June 26, 2026
ޚަބަރު

ދަރިވަރާ ބެހުނު ޓީޗަރު ޝަރީއަތް ނިމެންދެން ބަންދަށް

ޓިއުޝަން ދޭން ގޮސް ފިރިހެން ދަރިވަރަކާ ބެހުނު އިންޑިއާގެ ފިރިހެން ޓީޗަރު ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އިސްކަންދަރު ސްކޫލްގެ ލީޑިން ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި ޕަޕަންޑްރިއޯ ސްރިޖިތު، 52، ގްރޭޑް 8 ގައި ކިޔަވާ 15 އަހަރުގެ ދަރިވަރަކާ ބެހުނު މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ މި މަހުގެ 11 ގައި ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި އޭނާ ޓިއުޝަން ދޭން ދަރިވަރުގެ ގެއަށް ގޮސް، ޖިންސީ ގުނަވަން ނެރެގެން ކުއްޖާއާ ބެހެން މަސައްކަތްކުރަނިކޮށް އާއިލާގެ ބަޔަކަށް ފެނިގެން ފުލުހުންނާ ހަވާލުކުރި އެވެ.

މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނާތީ އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.

މި މައްސަލަ ފެންމަތިވި އިރު، މާލޭގެ އެހެން ސްކޫލެއްގެ ބިދޭސީ ފިރިހެން ޓީޗަރަކު ވެސް ފިރިހެން ކުއްޖަކާ ބެހެން އުޅުނު މައްސަލައެއްގައި މި މަހުގެ 14 ގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ހުރީ ބަންދުކޮށްފަ އެވެ.