Last Updated: April 26, 15:02
Friday, April 26, 2024
ޚަބަރު

މޫސުން ގޯސްވެ، ބޮޑު ބަޔަކަށް ވައިޓް އެލާޓް

ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމި އިދާރާ އިން އެ އެލާޓް ހެނދުނު 11:00 އިން ހަވީރު 4:00 އާ ހަމައަށް ނެރުނީ ކ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށެވެ. އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހި، ގުގުރައި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މި އެ އެލާޓް ނެރުމުގެ ކުރިން ވައިޓް އެލާޓް ނެރެފައި އޮތީ ފަތިހު 4:30 އިން ފެށިގެން ހެނދުނު 11:00 އަށް މ. އަތޮޅުން ފެށިގެން އައްޑުއަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މިދިޔަ މަހުން ފެށިގެން މޫސުން ގޯސްވެފައިވާ އިރު، ވާރޭ ވެހި ފެންބޮޑުވެގެންނާއި ބައެއް ރަށްތަކަށް އުދަ އަރައިގެން ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.