އިސްލާމް ދީނުގައި ހަރާން ނޫން ކަންކަން ހަރާން ކަމަށް ހަދަން މަސައްކަތް ކޮށްގެން ނުވާނެ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ހަސަން ލަތީފް މިފަދައިން ވިދާޅުވެ ޓްވީޓް ކުރައްވާފައިވަނީ ޔޯގާގެ މައްސަލައިގައި އަދާލަތު ޕާޓީގެ އިލްމުވެރިން ޔޯގާ އަކީ ހަރާމް ކަމެއް ކަމަށްބުނެ ވާހަކަ ދައްކަމުން އަންނަ ދަނޑިވަޅެއްގައެވެ.
ހަސަން ލަތީފް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނި ޔޯގާ އާއި އެއިރޯބިކްސް ފަދަ ކަސްރަތުތައް އެއީ ޤާނޫނުއަސާސީ އަދި އެހެން ޤާނޫނެއްގައިވެސް އަދި އިސްލާމް ދީނުގައި ވެސް މަނާ ކަމެއް ނޫން ކަމަށވެެ. އަދި އިސްލާމް ދީނުގައި ހަރާމް ނޫން ކަންކަން އެއީ ހަރާމް ކަންކަމަށް ހަދަން މަސައްކަތް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.
ޔޯގާ އާއި އެއިރޯބިކްސް ފަދަ ކަސްރަތުތައް އެއީ ޤާނޫނުއަސާސީގައިވެސް އެއްވެސް ޤާނޫނެއްގައިވެސް އަދި އަމުދުން އިސްލާމް ދީނުގައި ވެސް މަނާ ކަންކަމެއް ނޫން. އިސްލާމް ދީނުގައި ހަރާމް ނޫން ކަންކަން އެއީ ހަރާމް ކަންކަމަށް ހަދަން މަސައްކަތް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން.
— Hassan Latheef🎈 (@HassanLatheef) July 27, 2022
އަދާލަތު ޕާޓީގެ އިލްމުވެރިން އަންނަނީ ޔޯގާ ހަރާން ކަމަށް ބުނެ އެކަމުގައި ވާހަކަ ދައްކަމުންނެވެ. އަދި އަދާލަތު ޕާޓީން ވަނީ އެކަމުގައި ކަރުދާހެއްވެސް ނެރެފައެވެ.
އަދާލަތުގެ އިލްމުވެރިންނާ ހިލާފަށް ކުރީގެ ރައީސް މައުމޫން ވިދާޅުވީ ޝިރުކުގެ އަމަލެއް ނުހިމެނޭ ނަމަ ޔޯގާ އަކީވެސް ހަމަ އާދައިގެ ކަސްރަތެއް ކަމަށެވެ.