Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

އިންޑޮނޭޝިއާއިން ދިވެހިންނަށް އޮން-އެރައިވަލް ވިސާ ދެނީ

އިންޑޮނޭޝިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރައީސް ސޯލިހުގެ އަރިހުގައި- ފޮޓޯ: ރައީސް އޮފީސް

އިންޑޮނޭޝިއާއިން ދިވެހިންނަށް އޮން-އެރައިވަލް ވިސާ ދޭން ފަށައިފިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވަނީ އިންޑޮނޭޝިއާއިން ދިވެހިންނަށް އޮން-އެރައިވަލް ވިސާ ދޭން ނިންމާފައިވާކަން ހާމަކޮށްފައެވެ.

މިކަމާ ގުޅިގެން މިނިސްޓަރު ޝާހިދު ވަނީ އެ ގައުމުގެ ފޮރިން މިނިސްޓަރު ރެޓްނޯ މާސުޑީއަށް ޝުކުރު އަދާކުރައްވާފައެވެ.

އިންޑޮނޭޝިއާއިން އޮން-އެރައިވަލް ވިސާ ލިބޭ ގައުމުތަކަށް ރާއްޖެ އިތުރު ކޮށްފައިވާއިރު އެގައުމުން ޖުމުލަ 75 ގައުމެއްގެ ރައްޔިތުންނަށް އޮން-އެރައިވަލް ވިސާ ދޫކުރެއެވެ.