Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

އަދާލަތާއި ސަލަފުން ދައްކަނީ ސިޔާސީ ވާހަކަ: މަހުލޫފް

އަހުމަދު މަހުލޫފް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަދާލަތު ޕާޓީ އާއި ސަލަފް ޖަމިއްޔާއިން ދައްކަނީ ސިޔާސީ ވާހަކަ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ޔޯގާ ދުވަސް ފާހަގަކުރުމުގެ ސަބަބުން އަދާލަތު ޕާޓީއާއި ބައެއް އެހެންވެސް އިލްމުވެރިންގެ އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވަނީ މިނިސްޓަރު މަހުލޫފަށެވެ.

މަހުލޫފް ކުރެއްވި ޓްވީޓްގައިވަނީ 2015 ވަނަ އަހަރުން ފެށިގެން ސަރުކާރު ބައިވެރިވެގެން ޔޯގާ ދުވަސް ފާހަގަކުރަމުން އަންނަކަންވެސް ފާހަގަ ކޮށްފައެވެ. އަދި ވިދާޅުވީ އިދިކޮޅު ޕީޕީއެމްއާއި ސަރުކާރު ކޯލީޝަންގައި ހިމެނޭ އަދާލަތު ޕާޓީ އަދި ސަލަފް ޖަމިއްޔާއަކީ ވެސް ސިޔާސީ ޕާޓީތަކެއް ކަމަށާއި، އެ ފަރާތްތަކުން ދައްކާނީ ސިޔާސީ ވާހަކަ ކަމަށެވެ.

ޔޯގާ ދުވަހުގެ ހަމަނުޖެހުންތަކަށް ފަހު މަހުލޫފް އަންނަނީ އެކަމުގައި ފާޑުކިޔަމުން އަންނަ ފަރާތްތަކަށް ރައްދުދެއްވަމުންނެވެ.

ޔޯގާ އަކީ ހަރާމް އެއްޗެއް ކަމަށް ބުނެ އަދާލަތު ޕާޓީ އާއި އިތުރު އިލްމުވެރިންތަކެއް ލިޔުންތަކެއް ނެރެފައިވާއިރު، މިފަދަ ކަންކަމުގައި ރާއްޖޭގައި ފަތުވާ ނެރެން އޮތް "އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" އިން އަދިވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.